އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 292 މިިލިޔަން ރުފިޔާ ދީފި

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 292 މިިލިޔަން ރުފިޔާ ދީފި

މިހާރު ދުނިޔެ އަށާއި ރާއްޖެއަށް ކުރިމަތި ވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 292 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި ވިޔަފާރިތައް ހުއްޓި އާމްދަނީއަށް އަސަރުކުރުމާއި ގުޅިގެން އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭންފެށި އެލަވަންސްއެކެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ 25 ވަނަ ދުވަހާއި ހަމައަށް 18،534 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ގެ ގޮތުގައި ޖުމްލަ 292.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *