މާފަރު އެއާޕޯޓު ބޮޑުކުރަން ޓެންޑާއަށް ހުޅުވާލައިފި

މާފަރު އެއާޕޯޓު ބޮޑުކުރަން ޓެންޑާއަށް ހުޅުވާލައިފި

ނ. މާފަރު އެއާޕޯޓު ބޮޑު ކުރުމަށް ޓެންޑާއަށް އިއްޔެ ހުޅުވާލާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް އެގޮތަށް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ރަށްވެހިފަތިސް ކެމްޕެއިންގެ ނ. އަތޮޅުގެ ކެންޑިޑޭޓުންނާ ބައްދަލުކުރުމަށް ރޭ އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި މާފަރުންގެ ކެންޑޭޓުންގެ ފަރާތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެ އެއާޕޯޓު ބޮޑު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އިއްޔެވެސް ފޮރިން މިނިސްޓަރާއެކު އެކަމުގެ ބައްދަލުވުމެއް ބާއްވައި މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެތަނުން ތެޔޮ ލިބޭނެ ގޮތާއި ޓާމިނަލް ބޮޑު ކުރުމަށް އެތަން ހިނގާ އައިލެންޑް އޭވިއޭޝަނުން ރޭވުންތަކެއް ރާވާފައިވާ ކަމަށެވެ.

"މީގެ ތިން ދުވަސް ކުރިން އައިލެންޑް އޭވިއޭޝަންގެ އާ އެމްޑީއާއެކު ބައްދަލުވުމެއް ބޭއްވިން. އެހެންވީމަ، އަބޫދާބީ ފަންޑާއި އައިލެންޑް އޭވިއޭޝަންއާއެކު މާފަރު އެއާޕޯޓު ބޮޑު ކުރުމުގެ ބޮޑު މަޝްރޫއެއް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *