ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މޯލްޑިވިއަން އިން ދަތުރުކުރާ ކޮންމެވެސް އެއް މަންޒިލަކަށް ދަތުުރު ކުރުމަށް ހިލޭ ޓިކެޓު ލިބޭ ޕްރޮމޯޝަނެެއް ފަށައިފިއެވެ. މާޗު މަހުގެ އެކަކުން 27 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ބައިވެރި ވެވޭނީ އެ މުއްދަތުގައި މޯލްޑިވިއަންގެ ވެބްސައިޓު ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ގަންނަ ފަރާތްތަކަށެވެ.
މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފްތާއަކު ނަސީބުވެރިޔަކު ހޮވާނެއެވެ. މޯލްޑިވިއަން އިން ބުނީ ހިލޭ ލިބޭ ޓިކެޓުގައި ދަތުރު ކުރެވޭނީ ގުރުއަތުން ހޮވޭ ފަސިންޖަރު ބޭނުންވާ ރާއްޖޭގެ އެތެރޭގެ މަންޒިލަކަށް ކަމަށެވެ.
ޕްރޮމޮޝަނުގެ ދަށުން ހިލޭ ލިބޭ ޓިކެޓުގައި އޮކްޓޯަރު މަހުގެ ނިޔަލަށް ދަތުރު ކުރެވޭނެއެވެ. މާލެ ހިމެނޭހެން މޯލްޑިވިއަން އިން ރާއްޖޭގެ 16 މަންޒިލަކަށް ދަތުރު ކުރެއެވެ.

