68 ވަނަ މިނުޓްގައި އޮލިވާ ޖިރޫ ޖެހި ގޯލުން ޗެލްސީން އެތުލެޓިކޯ މެޑްރިޑް 1-0 ން ބަލި ކޮށްފިއެވެ.
އިނގިރޭސި ވިލާތުގައި ދިރިއުޅޭ މީހުން ކޮވިޑް-19 އާ ގުޅިގެން ސްޕެއިނަށް ވަނުން މަނާ ކޮށްފައިވުމާ ގުޅިގެން ޗެލްސީގެ ޓީމަށް މެޑްރިޑަށް ދަތުރު ނުކުރެވޭނެތީ ޔޫއެފާއިން ނިންމައިގެން އެތުލެޓިކޯގެ ހޯމް މެޗު ރޮމޭނިއާއަށް ބަދަލު ކޮށްގެން ރޮމޭނިއާގެ ވެރިރަށް ބުކަރެސްޓްގެ ނެޝަނަލް އެރީނާގައި ކުޅުނު މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ 68 ވަނަ މިނެޓްގަ އެވެ.
މެޗުގައި އެތުލެޓިކޯއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ފުރަތަމަ ހާފުގަ ލުއިސް ސުއަރޭޒް ގޯލް ކުރިމައްޗަށް ކަޓް ކޮށްދިން ބޯޅަ ތޯމަސް ލެމާ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
މި ދެ ޓީމު ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 18 އިގަ އެވެ.

