ދުބާއީ އެއާޕޯޓުން "ސްމާޓް ޓްރެވެލް" ސިސްޓަމް މެދުވެރިކޮށް މިހާރު ލިޔެކިއުމެއް ނެތި ފުރޭ ގޮތް ހަދައި މީޑިއާތަކަށް އެއާޕޯޓުގައި އެ ސިސްޓަމް ބޭނުން ކުރާ ގޮތް ދައްކާލައިފައެވެ.
ދުބާއީ އެއާޕޯޓުގައި އަލަށް ހަމަޖެއްސި އެ ސިސްޓަމް މަސައްކަތް ކުރާ ގޮތުން މިދުވަސްކޮޅު ފެތުރިފައިވާ ކޮވިޑް ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
ހަމައެހެންމެ އެންމެ ފަހުގެ ބަޔޯމެޓްރިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން މޫނު އަދި ލޮލުގެ ކަޅީގެ އެއީ ކާކުކަން ދެނެގަނެވޭތީ ފްލައިޓްތަކަށް ޗެކިން ވުމަށާއި އިމިގްރޭޝަންގެ ކަންކަން ކުރުމުގައި ވަރަށްބޮޑު ފަސޭހައަކަށް މި ސިސްޓަމް ވެގެންދާނެއެވެ.

