ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު 3-0 އިން ކްރޮޓޯނޭ ބަލިކޮށް ޔުވެންޓަސް އިޓާލިއަން ލީގުގެ ތިންވަނައަށް ޖެހިލައިފިއެވެ.
ރޭގެ މެޗުގައި ރޮނާލްޑޯގެ ދެގޯލާއެކު އޭނާ ވަނީ އިޓާލިއަން ލީގުގެ ހުރިހާ ޓީމަކާއި ދެކޮލަށް ގޯލު ޖެހުމުގެ ޝަރަފްވެސް ހޯދާފައެވެ. ރޭގެ މެޗުގެފުރަތަމަ ހާފުގައި ފެނުނު ރޮނާލޯޑްގެ ދެ ގޯލާ އެކު ރޮނާލްޑޯ ވަނީ މި ފަަހަރު ލީގުގައި 18 ގޯލު ޖަހައި ލަނޑު ލިސްޓުގެ ކުރިއަށް ޖެހިލައިފަ އެވެ. ޔުވެންޓަސް އަށް 2018 ވަަނަ އަހަރު ބަދަލުވި ފަހުން ރޮނާލްޑޯ ވަނީ ލީގުގައި އެ ޓީމަށް 70 ގޯލު މިހާތަނަށް ޖަހާފަ އެވެ.

