ރަޝިއާއާ ޔޫއޭއީ ގުޅިގެން މަތިންދާބޯޓް އުފައްދަނީ

ރަޝިއާއާ ޔޫއޭއީ ގުޅިގެން މަތިންދާބޯޓް އުފައްދަނީ

ރަޝިއާގެ ޔުނައިޓެޑް އެއާކްރާފްޓް ކޯޕަރޭޝަނުން ޔޫއޭއީ ގެ މުބާދަލާ އާ ގުޅިގެން އާ މޮޑެލްތަކުގެ މަތިންދާ ބޯޓް އީޖާދު ކުރަން ނިންމައިފި އެވެ. ރަޝިއާގެ މިނިސްޓާ އޮފް އިންޑަސްޓްރީ އެންޑް ޓްރޭޑް ޑެނިސް މަންތްރޯ ވިދާޅުވީ މަސައްކަތްތައް ކުރާނެ މީހުންނާ އިންވެސްޓް ކުރާނެ މީހުން ވެސް ހަމަޖައްސާފައިވާ ކަމަށެެވެ. އޭނާ ވިދާޅުވީ އެއްބަސްވުމެއް ގާއިމު ކުރަން ބަލާއިރު މި ކަން ކުރާނީ ކޮންގޮތަކަށްކަން އަދި ކަނޑަނޭޅޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ނިޔަލަށް ބޯޓުތަކުގެ ޑިޒައިން ފައިނަލް ކުރެވޭނެ ކަމަށާއި އަންނަ އަހަރު ހިނގަން ފަށައިގަންނައިރު ޑިޒައިނާ ގުޅުން ހުރި ހުރިހާ ކަމެއް ނިންމޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބޯޓްތަކުގެ ފެންވަރު މިހާރު ވެސް ވަނީ ކަނޑައެޅިފައި ކަމަށާއި ގޮނޑީގެ އަދަދަކީ އަށެއް އަދި 30 ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *