ޖޫރިމަނާ އާއި ނުލައި ވޯކް ޕާމިޓް ފީ ބަލައިގަންނަނީ!

ޖޫރިމަނާ އާއި ނުލައި ވޯކް ޕާމިޓް ފީ ބަލައިގަންނަނީ!

ޖޫރިމަނާއާއި ނުލައި މާޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވޯކް ޕާމިޓް ފީ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ ގަވާއިދަށް ގެނައި ބަދަލާއެކު އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވޯކް ޕާމިޓް ފީ ދެއްކުމުގައި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާތީ 10 މާޗް 2021 ދުވަހުގެ ނިޔަލަށް ޖޫރިމަނާއަކާނުލައި ވޯކް ޕާމިޓް ފީ ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އަލަށް އެކުލަވާލާފައިވާ، ރާއްޖޭގައި ބިދޭސިން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދުގެ ދަށުން ވޯކް ޕާމިޓް ދޫކުރަން ފެށީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އަލުން ވޯކް ޕާމިޓް ދޫކުރަން ފަށާފައި ވަނީ އެ ގަވާއިދު ހަރުކަށި ކުރުމަށްފަހު އެވެ. އެ ގަވައިދުގެ ދަށުން ވޯކް ޕާމިޓު ދޫކުރާނީ މިނިސްޓްރީން ބިދޭސީންގެ ވެރިފިކޭޝަނެއް ފުރިހަމަ ކުރުމަށް ފަހު އެވެ. އެ ވެރިފިފިކޭޝަން ފުރިހަމަކުރުމުގެ ކަންކަން ކުރުމަށް ހަމަޖެހިފައި ވަނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށެވެ.

ވޯކް ޕާމިޓް އެންޓްރީގެ ދަށުން ބިދޭސީންް ރާއްޖެ އެތެރެވާ ތާރީހުން ފެށިގެން 15 ދުވަސް ތެރޭ ވޯކް ޕާމިޓާއި ވޯކް ވިސާ ހޯދަން ޖެހެއެވެ. އަދި އެ މުއްދަތުގައި ވޯކް ޕާމިޓް ނުހައްދައިފިނަމަ ޖޫރިމަނާ ވާނެއެވެ.  ވޯކްޕާމިޓް ފީގެ ގޮތުގައި މަހަކު ދައްކަން ޖެހެނީ 350 ރުފިޔާ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *