ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އެތެރޭގެ އުދުހުންތައް ފަށަން ނިންމައިފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭޓީއާރު މަތިންދާ ބޯޓު ގެނެސް އެތެރޭގެ އުދުހުންތައް ފަށަން މިހާރު ވަނީ އެކުންފުނިން ނިންމާފަ އެވެ. މި ދަތުރުތަކުގެ ބޭނުމަކީ ޓޫރިސްޓުން އުފުލުހުގެ ހިދުމަތް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ރާއްޖޭގެ މަޝްހޫރު ބައެއް ވިޔަފާރިވެރިންނާއި ބޭރުގެ ޕާޓްނަރަކު ގުޅިގެން ޓީއެމްއޭގެ ވިޔަފާރި ރާއްޖޭގައި ފަށާފައިވަނީ 1989 ގަ އެވެ. މިހާރު އެކުންފުނީގެ ޙިއްސާދާރުންގެ ގޮތުގައި ހިމެނެނީ އެމެރިކާގެ ބައިން ކެޕިޓަލް އެލްޕީ އާއި ޗައިނާގެ ޓަމްޕަސް ގްރޫޕެވެ.
ޓީއެމްއޭއިން އެތެރޭގެ އުދުހުންތަކަށް ނުހުންނައިރު މިހާރު ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން މަންޓާ އެއާ އާއި ވިލާ އެއާ އެވެ.

