ލެބަނާން ގެ ސާދު ހަރީރީ އަބޫދާބީއަށް!

ލެބަނާން ގެ ސާދު ހަރީރީ އަބޫދާބީއަށް!

ލުބްނާންގެ ބޮޑުވަޒީރުކަން ވަގުތީ ގޮތުން ހަވާލު ކުރައްވާފައި ހުންނެވި ސާދު ހަރީރީއާ ބައްދަލު ކުރައްވައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ޝަރުތެއް ނެތި ލުބްނާން ރައްޔިތުންނަށް އެހީތެރިވާނެ ކަމަށް އަބޫ ދާބީގެ ޕްރިންސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ވިދާޅުވެއްޖެ އެވެ.

"ލުބްނާންގެ ހަމަޖެހުމަށް އަޅުގަނޑުމެން ތާއީދުކުރަން އަދި ސަޕޯޓްކުރަން، ހަމައެހެންމެ ލުބްނާންގެ ރައްޔިތުންނަށް އެހީތެރިވުމާއި ގައުމުގެ އެއްބައިވަންތަކަމަށް އެއްބާރުން ދޭނަން" ޕްރިންސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ވިދާޅުވިއެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމުގައި ލުބްނާންގައި އާ ސަރުކާރެއް އެކުލަވައިލުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ސާދު ހަރީރީ ޕްރިންސްއަށް މައުލޫމާތު ދެއްވި އެވެ.

ޔޫއޭއީން ލުބްނާންއަށް ފޯރުކޮށްދޭ އެހީތެރިކަމަށާއި ކޮވިޑުން އަރައިގަތުމަށް ފޯރުކޮށްދޭ އެހީތެރިކަމަށް ވެސް ސާދު ހަރީފީ ޝުކުރު އަދާު ކުރެއްވި އެވެ. އަދި ޔޫއޭއީން މާސްއަށް ފޮނުވި އުޅަނދު ހޯދި ކާމިޔާކީ އުންމީދީ މަސައްކަތެއް ކަމަށާއި ޖައްވީ މަސައްކަތްތަކުގައި ޔޫއީއަށް ކުރިއެރުމަށް ހަރީރީ އެދިވަޑައިގަތެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *