ރަޝިއާއިން ދޫނިރޯގާ ޖެހިފައިހުރި މީހަކު ފެނިއްޖެ

ރަޝިއާއިން ދޫނިރޯގާ ޖެހިފައިހުރި މީހަކު ފެނިއްޖެ

ރަޝިއާއިން ދޫނިރޯގާ ޖެހިފައިހުރި މީހަކު ފެނިއްޖެއެވެ. ރަޝިޔާއިން ވަނީ ދޫނި ރޯގާގެ އޭއެޗް5އެން8ގެ ވައިރަސް ދޫނީގެ ޒަރިއްޔާއިން އިންސާނަކަށް ޖެހިފައިވާ ކަމަށާއި އިންސާނުންގެ ގައިން ދޫނިރޯގާގެ ފުރަތަމަ ކޭސް ފެނުމާއެކު އެކަން ދުނިޔޭގެ ސިއްހަތާ ބެހޭ މައި ޖަމިއްޔާ އަށްވެސް ހިއްސާކޮށްފައިވާ ކަމަށް ބުނެފައެވެ.

ރަޝިޔާއިން އިންސާނެއްގެ ގައިން ދޫނިރޯގާ ފެނިފައިވީ ނަމަވެސް އަދި މިހާތަނަށް ވައިރަސް އިތުރު މީހަކަށް ޖެހިފައިވާކަން ހޯދިފައި ނުވާކަމަށް ވެސް ބުނެފައިވެެއެވެ.

ދޫނި ރޯގާގެ ވައިރަސް ދާދިފަހުންވެސް ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިތުރުން ޗައިނާއާއި އަރަބި ބައެއް ގައުމުތަކާއި އެފްރިކާގެ ބައެއް ގައުމުތަކުން ވެސް ވަނީ ފެނިފައެވެ. ނަމަވެސް އެގައުމުތަކުން ވައިރަސް ފެނިފައިވަނީ ދޫނިތަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *