ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހުރިހާ ޓީމެއްގެ ކުޅުންތެރީންނާއި އޮފިޝަލުން ވެކްސިން ޖަހައި ނިންމާލައިފިއެވެ. މިކަން ހާމަ ކުރައްވައި އެފްއޭއެމް ގެ ރައީސް ބައްސާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ހުރިހާ ކުޅުންތެރިންވެސް ވެކްސިން ޖަަހައިފި ކަމަށާއި ކުޅުންތެރީންނާއި އޮފިޝަލުންވެސް ލީގު ފެށުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް އިދާރާތަކުގެ އެންގުމުގެ ދަށުން ކުރަމުން އަންނަ ކަމަށާއި އުންމީދަކީ ލީގު ފެށުމަށް ހުއްދަ ދިނުން ކަމަށެވެ.
ލީގް މެދުކަނޑާލުމުން ކްލަބުތަކާއި ކުޅުންތެރިން އަދި ކޯޗުންވެސް ފުޓުބޯޅަ ހުއްޓާލުމުން ދިމާވާ ދަތިތައް ހާމަކޮށް މީޑިއާއަށް މައުލޫމާތުވެސް ދީފައިވާއިރު ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކޮށް، ދަތިތައް ހިއްސާ ކޮށްފައި ވެއެވެ. ރައީސް ސޯލިހް ވިދާޅުވެފައި ވަނީ ކްލަބުތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

