މެސީ ގެންދަން މަސައްކަތް ނުކުރާކަމަށް ސިޓީ އިން ބުނެފި!

މެސީ ގެންދަން މަސައްކަތް ނުކުރާކަމަށް ސިޓީ އިން ބުނެފި!

އާޖެންޓީނާ ގެ ލިއޮނަލް މެސީ ގެންދަން މެންޗަސްޓާ ސިޓީން މިވަގުތު މަސައްކަތް ނުކުރާ ކަމަށް އެ ކްލަބުން ބުނެފިއެވެ. ސިޓީން ބުނެފައި ވަނީ މެސީ ގެންދަން އެ ކްލަބުން ބިޑުކޮށް މަޝްވަރާ ކޮށްފައި ނުވާނެ ކަމަށެވެ.

މެސީ ބާސާ ދޫކޮށްލުމުގެ ވާހަކަތައް މިދިޔަ ސީޒަނަށްފަހު ދައްކަން ފަށާފައިވާއިރު މެސީ ވަނީ އަމިއްލައަށްވެސް ކްލަބު ދޫކޮށްލަން އެދިފައެވެ. ބާސާއިން އޭނާ ދޫނުކުރި ނަމަވެސް މި ސީޒަން ނިމުމުން މެސީ ކްލަބު ދޫކޮށްލާނެ ކަމަށް ކުރިން ބުނެފައިވާއިރު އޭނާ ދާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ ސިޓީއަށެވެ.

ޕީއެސްޖީ ފަދަ ފައިސާގެ ގޮތުން މުއްސަނދި ކްލަބުތަކުން މެސީއަށް އަބަދުވެސް ފާރަލަމުން ދެއެވެ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރަށް ހޯދާފައިވާ މެސީ އަކީ އަބަދުވެސް ޕީއެސްޖީގެ ޓާގެޓެއް ކަމަށް އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރު ލިއެނާޑޯ ވަނީ ކުރިން ބުނެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *