އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކޮށްފި

އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި އެވެ. އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުންދާނީ 8.44 (އަށް ރުފިޔާ ސާޅީސް ހަތަރު ލާރި) އަށް ކަމަށެވެ. އަދި ޑީސަލް ލިޓަރެއް ވިއްކާނީ 9.19 (ނުވަ ރުފިޔާ ނަވާރަ ލާރި) އަށް ކަމަށެވެ

މިދިޔަ މާޗު މަހުން ފެށިގެން އެސްޓީއޯ އިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 8.07 (އަށް ރުފިޔާ ހަތް ލާރި) އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން އައީ 8.87 (އަށް ރުފިޔާ 87 ލާރި) އަށެވެ.

ކޮވިޑާ ގުޅިގެން ތެލުގެ އަގު ދަށްވުމަށްފަހު މިހާރު ވަނީ ބަލިމަޑުކަމުގެ ކުރިން ހުރި އަގަށް އުފުލިފަ އެވެ. އޭޕްރިލް މަހު، ސާފު ނުކުރާ ތެލުގެ އަގު ސުން ޑޮލަރަށް ވުރެ ދަށަށް ވެއްޓުނެވެ. ތެލުގެ އަގު މިހާރު އުފުލިފައި މިވަނީ ވެކްސިން އާއި އެކު އިގްތިސާދު ރަނގަޅުވާނެ ކަމަށް އަންދާޒާ ކުރެވޭތީ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *