ކުޅިވަރު ތަރައްޤީ ކުރުމަށް އިންޑިއާ އިން 40 މިލިއަން ޑޮލަރުގެ ލޯނެއް!

ކުޅިވަރު ތަރައްޤީ ކުރުމަށް އިންޑިއާ އިން 40 މިލިއަން ޑޮލަރުގެ ލޯނެއް!

ރާއްޖޭގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް އިންޑިއާ އިން 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބުރަމަންޔަން ޖައިޝަންކަރު ވިދާޅުވެއްޖެއެވެ ޖައިޝަންކަރު އެކަން ހާމަކުރެއްވީ އިންޑިއާގެ ގުރާންޓު އެހީގައި އަޅާފައިވާ އެކުވެނީ ސިންތެޓިކް ޓުރެކުގައި މިއަދު ބޭއްވި ޚާއްސަ ހަފުލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެ ހަފުލާއަކީ އިންޑިއާ އިން ރާއްޖޭގެ ޒުވާނުންގެ ކުރިމަގަށް، ވަކިން ހާއްސަކޮށް ކުޅިވަރަށް ކުރައްވަމުން ގެންދަވާ ހޭދައިގެން އިތުރުން، ދެއްވާ އެހީތެރިކަން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފުލާއެކެވެ. ހަފުލާގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ބައެއް މަޖިލިސް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *