އޮސްޓްރޭލިއަން އޯޕަން ގެ ފައިނަލަށް ޖޮކޮވިޗް!

އޮސްޓްރޭލިއަން އޯޕަން ގެ ފައިނަލަށް ޖޮކޮވިޗް!

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެނުންގެ ފައިނަލުން ސާބިއާގެ ނޯވަކް ޖޮކޮވިޗް ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލަށް އެންމެފަހުގެ ޗެމްޕިއަން އަދި ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ޖާގަ ހޯދީ ސެމީފައިނަލުގައި ރަޝިޔާގެ އަސްލާން ކަރަޓްސެވް ސީދާ3 ސެޓުން ބަލިކޮށްގެންނެވެ.

2008 ވަނައަހަރު މި މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުފުލި ޖޮކޮވިޗް މި މުބާރާތުގެ ފައިނަލަށް ދިޔުމުން އޭނާއަށް ވަނީ  މި މުބާރާތުގެ ތަށި 9 ވަނަ ފަހަރަށް އުފުލުމުގެ ފުރުޞަތު ލިބިފައެވެ.

ޖޮކޮވިޗް މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ 2020 ،2019 ،2016 ،2015 ،2013 ،2012 ،2011 ،2008 މިއަހަރުތަކުގައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *