އޮސްޓްރޭލިއާގެ ޕާލަމެންޓް ޢިމާރާތުގައި އަންހެނަކު ރޭޕްކޮށްފި!

އޮސްޓްރޭލިއާގެ ޕާލަމެންޓް ޢިމާރާތުގައި އަންހެނަކު ރޭޕްކޮށްފި!

އޮސްޓްރޭލިއާގެ ޕާލަމެންޓް ޢިމާރާތުގެ ތެރޭގައި ޒުވާން އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތި ވެއްޖެއެވެ. އެކަމާއި ގުޅިގެން އެކަމުގެ ފުރިހަމަ ތަޙުގީގެއް ހިންގުމަށް ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ވައުދުވެ ވަޑައިގެންފަ އެވެ. މޮރިސަން ވިދާޅުވީ މިއީ ލަދުވެތިކަމެއްކަމަށާއި ރޭޕްގެ މައްސަލާގައި އޭނާގެ ސަރުކާރުގެ މަސްއޫލުވެރިންނާއި އިދާރާތަކުން އަމަލުކުރި ގޮތުގެ ސަބަބުން ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމުގަ އެވެ.

މި ޖަރީމާގެ ޝިކާރައަކަށްވި ޢުމުރުން 24 އަހަރުގެ ޒުވާން ބްރިޓިނީ ހިގިންސް ނަމަކަށްކިޔާ އަންހެން މީހާ ބުނި ގޮތުގައި އޭނާ ރޭޕްކުރީ ޕާލަމެންޓް އިމާރާތުގައި ހުންނަ އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ލިންޑާ ރެނަލްޑްސްގެ އޮފީހުގައި 2019 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. އެދުވަސްވަރު އޭނާ މަސައްކަތްކުރީ ލިންޑާގެ އޮފީހުގައި އެހެން މުވައްޒަފުންނާ ވެސް އެކުގައި ކަމަށާއި އޭނާ ރޭޕްކުރީ އޭނާއާއެކު މަސައްކަތްކުރި ތަންކޮޅެއް އުމުރުން ދުވަސްވީ ފިރިހެން މުވައްޒަފެއް ކަމުގަ އެވެ.

ރޭޕްކުރީ ރޭގަނޑުގެ ކެއުމަކަށް ފިރިހެންމީހާ އެކު ދިޔުމަށް ފަހު އަނބުރައި ގެއަށް ގެންގޮސްދޭނެ ކަމަށް ފިރިހެން މީހާބުނުމުން އޭނާއާއެކު ކާރަށް އެރުމުން ކާރުގޮސް ޕާލަމެންޓް އިމާރާތަށްވަދެ އެތަނުގައިވާ ލިންޑާގެ ކޮޓަރިއަށް ދެމީހުން ވަދެތިބި ތިބުމުގެ ތެރޭގައި ކަމަށާއި އޭރު ދެމީހުން ވެސް ތިބީ ބަނގުރާ ބޮއިގެން މަސްތުވެފައިވާ ހާލަތުގައި ކަމުގަ އެވެ. މަސްތުގެ ހާލަތުން ސަލާމަތްވުމުން ފިރިހެންމީހާ އޭނާ ރޭޕްކޮށްފައިވާކަން އެނގިގެން އެމައްސަލަ ލިންޑާގެ އޮފީހުގެ ސީނިއާ މުވައްޒަފަކަށް ރިޕޯޓްކުރިކަމަށާއި އެހެންކަމުން ލިންޑާއަށް އެޚަބަރު ލިބިފައިވާނެކަމަށް ބްރިޓިނީ ބުނެފައިވެ އެވެ.

ބްރިޓިނީ ބުނާގޮތުން އެދުވަސްވަރު އޭނާ މިމައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް ކޮންމެވެސް ފަރާތެއް ނޫނީ ފަރާތްތަކެއްގެ ނުފޫޒެއްގެ ސަބަބުން ފުލުހުން މި މައްސަލަ ބަލައި ތަހްގީގްކޮށްފައިނުވާ ކަމަށެއެވެ. ނަމަވެސް އޮސްޓްރޭލިއާގެ ފުލުހުން ބުނާ ގޮތުން ބްރިޓިނީ ހުށަހެޅީ ހަމައެކަނި ޝަކުވާއެއް ކަމަށާއި ރަސްމީކޮށް މައްސަލަ ބަލައި ދިނުމަށް ނޭދޭކަމަށެވެ.

އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ލިންޑާވަނީ އެދުވަސްވަރު އެކަމަނާ އެވާހަކަ އެއްސެވިކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. ނަމަވެސް އެމައްސަލަ ހުއްޓުވުމަށް ފުލުހުންގެ މައްޗަށް އެއްވެސް ނުފޫޒެއް ބޭނުންކޮށްފައި ނުވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *