އޮބާމަޔާންގެ ހެޓްރިކަކާއި އެކު އާސެނަލްއިން ލީޑްސް ބަލިކޮށްފި

އޮބާމަޔާންގެ ހެޓްރިކަކާއި އެކު އާސެނަލްއިން ލީޑްސް ބަލިކޮށްފި

ޕިއޭ އެމްރިކް އޮބަމަޔާން ހެދި ހެޓްރިކާއެކު އާސެނަލްއިން ލީޑްސް ބަލިކޮށްފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު  ކާމިޔާބު ކޮށްފައިވަނީ 4-2ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި، އާސެނަލްއިން ވަނީ ވަރަށް ޕްރެސް ކޮށްގެން ކުޅުމުގެ ނަތީޖާއެއްފެ ފޮތުން ލީޑްސްއަށް ފުރަތަމަ ހާފުގައި މާ ނުރައްކާތެރި ފުރުސަތެއް ތަނަވަސް ނުކުރެ ވެއެވެ.

އޮބާމަޔާން ރޭގެ މެޗަށް ނުކުތީ ގާތްގަނޑަކަށް މަހެއް ވަންދެން، އެއްވެސް މެޗެއްގައި ފުރަތަމަ 11 ގައި ނުކުޅެ ހުރުމަށް ފަހު އެވެ. ގައުމުން ބޭރުގައި ދިރިއުޅޭ އޭނާގެ މަންމަ ބަލިވުމުން އިނގިރޭސި ވިލާތުން ފުރައިގެން ދިއުމުން އޭނާ އަށް މެޗުތަކެއް ވަނީ ގެއްލިފައެވެ.

"ހުރިހާ އެންމެންވެސް އަހަންނަށާއި، މަންމައަށް، އަދި އާއިލާއަށް ދިން ލޯބި ބަލައިގަންނަން. އަހަރެން އާސެނަލްގެ ހުރިހާ އެންމެނަށް، ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން ބޭނުންވޭ. އަހަރެން ހުރީ އުނދަގޫ ހާލަތެއްގައި. އެހާލަތުން އަރައިގަންނަން ލިބުނު ހިތްވަރަކީ ލޯބިވާ އެންމެން،" އުމުރުން 31 އަހަރުގެ އޮބަމަޔާން ބުނެފައިވެއެވެ.

މެޗުގެ ކުރީކޮޅުގައި އަރިމަތިން ވަދެ، ލީޑްސްގެ ދެ ޑިފެންޑަރުން ދޭތެރެއިން ފޮނުވާލި ބޯޅައާއެކު އޮބަމަޔާން އާސެނަލްއަށް ލީޑު ނަގައިދީފައިވާއިރު، އޭގެ އިރުކޮޅެއްފަހުން ނަތީޖާގެ ފަރަގު ބޮޑުކޮށްދިނީ ޕެނެލްޓީއަކުންނެވެ. އެ ޕެނެލްޓީއަކީ ލީޑްސްގެ ޑިފެންޑަރު އާސެނަލްގެ ބުކަޔޯ ސަކާއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދީފައިވާ ޕެނެލްޓީއެކެވެ.

ހާފް ނިމެން އުޅެނިކޮށް އާސެނަލްގެ ތިންވަނަ ގޯލް ހެކްޓާ ބެލަރިން ޖަހައިދީފައިވާއިރު، ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ އޮބަމަޔާން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އާސެނަލްއިން ބޮޑު ތަފާތަކުން މެޗު ކާމިޔާބުކުރުމަށް ދިޔަ ނަމަވެސް، މެޗުގެ ފަހުކޮޅުގައި ލީޑްސްއިން ވަނީ ފުލުފުލުގައި ދެ ގޯލް ޖަހާފައެވެ. ލީޑްސް ޔުނައިޓެޑްގެ ދެ ގޯލު ޖެހީ ޕަސްކާލް ސްޓްރުއިކް އާއި ހެލްޑާ ކޮސްޓާ އެވެ.

ރޭގެ މެޗުން މޮޅުވެ އާސެނަލް އޮތީ ތާވަލުގެ 10 ވަނައިގައެވެ. 24 މެޗުން 34 ޕޮއިންޓާއެކު އާސެނަލް 10 ވަނައިގައި އޮތްއިރު، ލީޑްސް 11 ވަނައިގައި އޮތީ 23 މެޗުން 32 ޕޮއިންޓާއެކުގައެވެ

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *