މިހާތަނަށް 30،000 އަށްވުރެ ގިނަ ފަތުރުވެރިން މިމަހު ރާއްޖެ އަތުވެއްޖެ!

މިހާތަނަށް 30،000 އަށްވުރެ ގިނަ ފަތުރުވެރިން މިމަހު ރާއްޖެ އަތުވެއްޖެ!

މިމަހުގެ މިހާތަނަށް 30،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 29،591 ފަތުރުވެރިން އައިސްފައިވެއެވެ. އަދި އިއްޔެގެ އަދަދުތަކާއެކު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 30،000 އަށްވުރެ އިތުރެވެ.

މިއަހަރުގެ ތެރޭގައި ރާއްޖެއަށް ޖުމުލަ 121،694 ފަތުރުވެރިން އައިސްފައިވާއިރު އޭގެ ތެރެއިން އެންމެ ގިނައީ ރަޝިޔާއިން އައި ފަތުރުވެރިންނެވެ. އެގައުމުން އެކަނިވެސް 27،041 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އެއީ މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ 22 ޕަސަންޓެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިން ކަމަށްވާއިރު އެގައުމުން 26،292 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ކޮވިޑް 19އާ ގުޅިގެން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވީ ޖުލައި 15 ގައެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 555،494 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ މިއަހަރުގެ އަމާޒަކީ 1.5 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *