ސިޓީން އިނގިރޭސި ފުޓުބޯޅައިގެ ތާރީހު ތެރެއަށް!

ސިޓީން އިނގިރޭސި ފުޓުބޯޅައިގެ ތާރީހު ތެރެއަށް!

މެންޗެސްޓާ ސިޓީން ސްވަންސީއާ ދެކޮޅަށް ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ޖެހިޖެހިގެން ހޯދި 15 މޮޅާއެކު އެޓީމުން އިނގިރޭސި ފުޓުބޯޅައިގެން ތާރީހީ ރެކޯޑެއް މުގުރާލައިފިއެވެ. ރޭ ސްވަންސީ އަތުން 3-1ގެ ނަތީޖާއަކުން ސިޓީ މޮޅުވެފައި ވަނީ ސްވަންސީ ދަނޑުގައި ކުޅެގެންނެވެ. މޮޅާއެކު ސިޓީން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވާއިރު، ސިޓީގެ ގޯލްތައް ޖަހައިދިނީ ކައިލް ވޯކާގެ އިތުރުން ރަހީމް ސްޓާލިންނާއި ގެބްރިއަލް ޖީސަސްއެވެ. ސްވަންސީން މެޗުގައި ޖެހި ހަމައެކަނި ގޯލް ޖަހައިދިނީ މޯގަން ވިޓްޓޭކާއެވެ.

ސިޓީން ޖެހިޖެހިގެން 15 މެޗުން މޮޅުވެފައިވާއިރު، މީގެ ކުރިން އިނގިރޭސި ފުރަތަމަ ޑިވިޝަންގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވެފައި ވަނީ 14 މެޗުންނެވެ. އެއީ 1987-88 ވަނަ އަހަރުގެ ސީޒަންގައި އާސެނަލްގެ އިތުރުން 1891-92 ވަނަ އަހަރުގެ ސީޒަންގައި ޕްރެސްޓޮން ސިޓީ ހަދާފައިވާ ރެކޯޑެކެވެ. އެ ދެ ކްލަބަކީވެސް ބަލިނުވެ ލީގު ނަގާފައިވާ ހަމައެކަނި ދެ ކްލަބުވެސް މެއެވެ. އާސެނަލްއިން ޕްރިމިއާ ލީގު އެރާގައިވެސް ބަލިނުވެ ލީގު ނަގާފައިވާއިރު، ޕްރެސްޓޮންއިން ބަލިނުވެ ލީގު ނެގީ ޕްރިމިއާ ލީގު އެރާގެ ކުރިންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *