ޖެނުއަރީ މަހު ޓެކްސް އާމްދަނީ އަށް 1.79 ބިލިއަން ރުފިޔާ!

ޖެނުއަރީ މަހު ޓެކްސް އާމްދަނީ އަށް 1.79 ބިލިއަން ރުފިޔާ!

މިއަހަރުގެ ޖެނުއަރީ މަހު ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 1.79 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މީރާ އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު މިއީ ޖެނުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 76.8 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އިން ބުނީ ލަފާކުރި އަދަދަށްވުރެ ޓެކްސް އާމްދަނީ އިތުރުވީ ކުރިން އަންދާޒާ ކުރި ވަރަށްވުރެ ގިނައިން ޓޫރިސްޓުން އައިސްފައިވުމާއި، ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތު އިތުރުވެފައިވާތީ، އެއާޕޯޓު ޓެކްސް އާއި ފީ އަދި ގްރީން ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ

ރާއްޖޭގައި ހުރި ހައި އެންޑް ރިސޯޓުތަކުން ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ދެއްކި އަދަދު އިތުރުވުމަކީވެސް އެ މުއްދަތުގައި ލިބުނު އާންދަނީ އިތުރުވި ސަބަބެއް ކަމަށް ބުނެފައިވެއެވެ. ނަމަވެސް ރާއްޖެއިން ބޭރަށް އެ މުއްދަތުގައި ފުރި މީހުންގެ އަދަދު އަންދާޒާ ކުރި ވަރަށްވުރެ މަދުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މީރާ އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު ޖެނުއަރީމަހު ލިބުނު އާމްދަނީގެ ތެރޭ ޑޮލަރުން ލިބުނު 46.01 މިލިއަން ޑޮލަރުވެސް ހިމެނެއެވެ.

ޖެ

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *