ވެއްޓުނު އިންޑޮނޭޝިއާގެ ފްލައިޓުގެ އިންޖީނުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ވެއްޖެ!

ވެއްޓުނު އިންޑޮނޭޝިއާގެ ފްލައިޓުގެ އިންޖީނުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ވެއްޖެ!

މިދިޔަ މަހު ކަނޑަށް ވެއްޓުނު ސްރީވިޖާޔާ އެއާގެ ފްލައިޓުގެ އިންޖީނުގައި މައްސަލަތަކެއް ހުރި ކަމަށް ތަހުގީގީ ރިޕޯޓުން ހާމަވެއްޖެ އެވެ. އެ ހާދިސާ ތަހުގީގުކޮށް، އިންޑޮނޭޝިއާގެ ނެޝަނަލް ޓްރާންސްޕޯޓު ސޭފްޓީ ކޮމިޓީ (ކޭއެންކޭޓީ) އިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ފްލައިޓުގެ އިންޖީނުގައި މައްސަލަތަކެއް ހުރި ކަމަށާއި ފްލައިޓު ވެއްޓުނީ އެ މައްސަލަތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް އިންޖީނު ހުރީ އެއްކޮށް ހަލާކުވެފަތޯ ޔަގީންނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު 62 މީހުންނާއެކު ސްރީވިޖާޔާ އެއާގެ ފްލައިޓުގެ ވެއްޓުނީ، ޖަކާޓާއިން ފުރިތާ އިރުކޮޅެއްގެ ތެރޭގަ އެވެ. މި ހާދިސާގެ ސަބަބުން ފްލައިޓުގެ ކޮކްޕިޓުގައި ހުންނަ ވޮއިސް ރެކޯޑާ ހޯދުމުގެ މަސައްކަތް ޑައިވަރުން އަދިވެސް ދަނީ ކުރަމުންނެވެ. އަދި މި ވޮއިސް ރެކޯޑާ ހޯދިއްޖެނަމަ ތަހުގީގުކުރާ މީހުންނަށް ހާދިސާ ތަހުގީގު ކުރުމުގައި އާ ގިނަ ފަސޭހަތަކެއް ވެގެން ދާނެއެވެ. ސަބަބަކީ ވޮއިސް ރެކޯޑާގެ ސަބަބުން އެ ވަގުތު ޕައިލެޓުން ގޮތް ނިންމުމުގައި ކަންތައް ކުރި ގޮތް ސާފުވެގެން ދިއުމެވެ.

ވެއްޓުނު ފްލައިޓުގައި ސީނިއާ ޕައިލެޓުގެ ގޮތުގައި މަސައްކަތް ކުރީ 17،000 އަށްވުރެ ގިނަ ގަޑިއިރު އުދުހުމުގެ ތަޖުރިބާ ހުރި ޕައިލެޓެކެވެ. އަދި ފަސްޓް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރީ 5100 ގަޑިއިރު އުދުހުމުގެ ތަޖުރިބާ ހުރި ޕައިލެޓެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *