ޕްރިންސް ޗާސް އާއި އަނބިކަނބަލުން ޑަޗެސް އޮފް ވޭލްސް ކެމިލާ ކޮވިޑު ވެކްސިން ޖައްސަވައިފިއެވެ. އުމުރުފުޅުން 72 އަހަރުގެ ޕްރިންސް ޗާލްސް އާއި ކެމިލާއަކީ 70 އަހަރުން މަތީގެ ކެޓެގަރީއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. ޗާލްސް އާއި ކެމިލާ ވެކްސިން ޖައްސަވާފައިވަނީ މި ކެޓަގަރީއަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ވެކްސިން ނުޖަހާނަމަ އަވަހަށް ވެކްސިން ޖެހުމަށް އެދިފައިވާ ދަނޑިވަޅެއްގައެވެ.
ނަމަވެސް އެ ދެބޭފުޅުން ޖެއްސެވީ ކޮން ވެކްސިނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ދެ ބެފުޅުން ވެކްސިން ޖެއްސެވީ އެއްކޮށް ކަމެއް ވެސް ސާފެއް ނުވެއެވެ. މިއީ ޕްރިންސް ޗާލްސް އާއި ކެމިލާގެ ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒެވެ.
މިދިޔަ އަހަރުގެ މާޗު މަހު ޗާލްސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ވަޑައިގެންފައެވެ. ޗާލްސް އާއެކު ކެމިލާ ވެސް ކޮވިޑަށް ޓެސްޓު ކުރެއްވިއެވެ. ނަމަވެސް ކެމިލާގެ ޓެސްޓުގެ ނަތީޗާ ވަނީ ނެގެޓިވްވެފަ އެވެ.
ޔޫކޭގައި މިހާތަނަށް 12.6 މިލިއަން މީހުންނަށް ކޮވިޑު ވެކްސިން ދީފައިވާއިރު އެ ގައުމުގެ އަމާޒަކީ މި މަހުގެ 15ގެ ކުރިން 15 މިލިއަން މީހުންނަށް ކޮވިޑު ވެކްސިން ދިނުމެވެ.

