ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ޕްރޮޕޯސަލްތަކަށް ހުޅުވާލައިފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ޕްރޮޕޯސަލްތަކަށް ހުޅުވާލައިފި

ބީއެމްއެލްއިން "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ބީއެމްއެލްއިން ބުނީ އެހެން އަހަރުތަކޭވެސް އެއްފަދައިން މިއަހަރުވެސް އެ ފަންޑުގެ ދަށުން ޖުމްލަ 20 ޕްރޮޖެކްޓެއް ހިންގަން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ފުރަތަމަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވާނީ އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް އެވެ.

ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައެޅިފަ އެވެ.

ކޮމިއުނިޓީ ފަންޑުގެ ފުރަތަމަ ފިޔަވަހީގައި ޕްރޮޕޯސަލްއާއި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މާޗު ހަވަނަ ދުވަހަށެވެ. ޕްރޮޕޯސަލްއާއި އެޕްލިކޭޝަން ފޯމު އީމެއިލް ކުރަން ޖެހޭނީ [email protected] އަށެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގަން މާލީ އެހީ ވަނީ ފޯރުކޮށްދެވިފަ އެވެ.

ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތާއި ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު ބޭންކުގެ ވެބްސައިޓުން ލިބޭނެ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *