އިޓަލިއަން ކަޕްގެ ފައިނަލަށް ޔުވެންޓަސް!

އިޓަލިއަން ކަޕްގެ ފައިނަލަށް ޔުވެންޓަސް!

އިޓާލިއަން ކަޕުގެ ފައިނަލަށް ޔުވެންޓަސް ދަތުރުކޮށްފިއެވެ. އަންގާރަ ދުވަހުގެރޭ ޔުވެންޓަސް ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ނިމުނީ މެޗްގައި ވާދަކުރި ޔުވެންޓަސް އާއި އިންޓަރމިލާނުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެކަމަކު މިދިޔަ ހަފުތާގައި އިންޓަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ޔުވެންޓަސް ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން އެގްރިގޭޓުން ޔުވެންޓަސްއަށް ވަނީ ކުރި ލިބިފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގަން އިންޓަގެ ތަޖުރިބާކާރު ފޯވާޑް ރޮމެލޫ ލުކާކޫއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި މި ހާފުގައި ޔުވެންޓަސްއިންވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާ އިންޓަގެ ގޯލްކީޕަރު ސާމިރު ހަންޑަނޯވިޗް ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ރޮނާލްޑޯ މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އޭނާއަށް ވަނީ އޭރިއާ ތެރެއިން ހުސް ދެ ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން ރޮނާލްޑޯ ފޮނުވާލި ދެ ހަމަލާވެސް އިންޓަގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި މި ހާފުގައި އިންޓަގެ ހަމަލާތައް ހުއްޓުވުމުގައި ޔުވެންޓަސްގެ ޑިފެންޑަރުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *