އީރާނަށް ލުއިދޭނީ މަޑުމަޑުން!

އީރާނަށް ލުއިދޭނީ މަޑުމަޑުން!

އީރާނަށް ލުއިދޭނީ މަޝްވަރާގެ ތަފްސީލީ މަރުޙަލާއަކަށް ފަހު މަޑުމަޑުން ކަމަށް އެމެރިކާއިން ބުނެފިއެވެ. ވައިޓް ހައުސް އިން އާންމުކޮށްފައިވާ ލިޔެކިޔުންތަކެއްގައިވާ ގޮތުން އެމެރިކާއިން އީރާންގެ ނިއުކްލިއަރ ޑީލަށް އެނބުރި އައުމުގައި އަމަލުކުރާނެގޮތް ވަނީ ތަފްސީލުކޮށްދީފައެވެ. މި ލިޔެކިޔުމުގައި ވާގޮތުން އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރާނީ މަޑުމަޑުންނެވެ.

އީރާނުން ވަނީ އެގައުމުގެ ނިއުކްލިއާ އެއްބަސްވުމުގައި އެމެރިކާ އަލުން ބައިވެރިވުމަށް ބާރުއެޅުމަށް ޔޫރަޕިއަން ޔޫނިއަންގެ ކިބައިން އެދިފައެވެ. އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާއިން ވަކިވެ، އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، މި ހައްގުތައް އަނބުރާ ހޯދުމަށް އެދި އީރާނުން ވަނީ މީގެ ކުރިންވެސް ޔޫރަޕްގެ ބޮޑު ތިން ބާރު ކަމަށްވާ ޖަރުމަނާއި، ފްރާންސް އަދި އިނގިރޭސިވިލާތުގެ ކިބައިން އެދިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮމާންޑަރަކަށް ހުރެ، އީރާނާ ދެކޮޅަށް ފެށި އިޤްތިޞާދީ ހަނގުރާމަ ނާކާމިޔާބުވެ، ޓްރަމްޕްގެ ސިޔާސީ ހަރަކާތް ވެސް ނާކާމިޔާބުވެފައިވާ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަކީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނު، ޗައިނާ، ރަޝިޔާ މި 6 ގައުމާއެކު 2015 ވަނަ އަހަރު އީރާނުން ސޮއިކުރި އެއްބަސްވުމެކެވެ. މިއެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު އެމެރިކާވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލާފައެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެ އެއްބަސްވުމާ ޚިލާފަށް އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *