މި ހުސްވި 2020 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އަށް ލިބުނު ފައިދާ އިން އެ ކުންފުނީގެ ހިއްސާ އަކަށް 2.34 ރުފިޔާ ބަހަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ މާޗުމަހުއެވެ. ޖަލްސާގައި ބައިވެރިވެ ހިއްސާގެ ފައިދާ ލިބޭނީ މި މަހު 15 ވާ ހޯމަ ދުވަހުގެ މެންދުރު 2:30ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، މި މަހު 15 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެ އެވެ.
އުރީދޫގެ ހިއްސާގެ ތެރެއިން އާންމުން ހިއްސާ ވަނީ އެކުންފުނީގެ ޖުމްލަ ހިއްސާގެ 9.5 ޕަސެންޓެވެ. ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާ އެވެ.

