ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އިތުރު ޓީވީ ޗެނަލަކަށް ދީފި!

ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އިތުރު ޓީވީ ޗެނަލަކަށް ދީފި!

ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް އިތުރު ޓީވީ ޗެނަލަކަށް ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް) އިން މިއަދު ލައިސަންސް ދޫކޮށްފިއެވެ.

ބްރޯޑްކޮމުން ލައިސަންސް ދޫކޮށްފައިވަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑްގެ "މޯލްޑިވްސް ބިޒްނަސް ނެޓްވޯކް (އެމްބީއެން)" ކިޔާ ޓީވީ ޗެނަލަކަށެވެ. އެންބީއެމްއަށް މުޅި ރާއްޖެއަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކޮށްފައިވެއެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެންބަރުންނަކީ:

  • އަހްމަދު އިފްތިޚާރު، މ.ލިއުޒީނިޔާ/ ކ. މާލެ
  • ލަމްޔާ އިބްރާހީމް، މއ. ނޫރީ/ ކ. މާލެ
  • ފާތިމަތު ފަޒްލީނާ ފާކިރު، ސައްކެޔޮގެ/ ސ. ފޭދޫ
  • އާދިލް އިސްމާއީލް، މ. ސަންބީލް/ ކ. މާލެ

މުޅި ރާއްޖެއަށް ބްރޯޑްކާސްޓް ކުރުމާއި ރީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަަށް އެދުމުގެ ފުރުސަތު މެދުކަނޑާލައިފައި އޮތުމަށް ފަހު އެ ހިދުމަތަށް އަލުން ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މިހާތަނަށް ބްރޯޑްކޮމުން ވަނީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް 39 ފަރާތަކަށް އަދި ރީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް 100 އަށް ވުރެ ގިނަ ފަރާތަކަށް ދޫކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *