މޯލްޑިވިއަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މާދަމާއިން ފެށިގެން ހުރިހާ ދުވަހެއްގައިވެސް ޓިކެޓް އޮފީސް ބަންދުވާނެ ކަމަށާއި ޓިކެޓު އޮފީސް ބަންދުކުރި ނަމަވެސް މޯލްޑިވިއަންގެ އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ގަނެވޭނެ ކަމަށެވެ.
މީގެ އިތުރުން މޯލްޑިވިއަނުން ބުނީ ކޯލް ސެންޓަރު އަދި ވައިބާ ޕްލެޓްފޯމުގެ ހިދުމަތަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެގޮތުން ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި ކޯލް ސެންޓަރާއި ވައިބާ ޕްލެޓްފޯމްގެ ހިދުމަތް ލިބޭނީ ހެނދުނު 9:00 އަކުން ހަވީރު 5:00 އަށް ކަމަށެވެ. ނަމަވެސް ހުކުރު ދުވަސްތަކުގައި ކޯލް ސެންޓަރުގެ ހިދުމަތާއި ވައިބާ ޕްލެޓްފޯމްގެ ހިދުމަތް ނުލިބޭނެއެވެ.
މޯލްޑިވިއަންގެ ހިދުމަތްތަކަށް ބަދަލުތައް ގެނެސްފައިވާއިރު މިހާރު މާލޭ ސަރަހައްދުގައި ކޮވިޑުގެ ކޭސްތައް ވަނީ ވަރަށްބޮޑަށް އިތުރުވެފައިކަން ފާހަގަކޮށްލެވެއެވެ. މިކަމާއިގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ.

