އަންނަ އަހަރު ހައްޖަށް ދިއުމަށް ޔަގީންކަން ދީފައިވާ އެންމެނަށް އެ ފުރުސަތު ލިބޭނެ ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ 1446 (2025) ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ޖާގަ ކޯޕަރޭޝަންގެ ސިސްޓަމްގެ ތެރެއިން ޔަގީންކަން ދެވިފައިވާ ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ރާއްޖޭގައި ހައްޖަށް ދިއުމަށް ކިއުގައި މަޑުކޮށްގެން ތިބޭ މީހުންގެ އަދަދު ވަރަށް ގިނައެވެ. ލިސްޓްގައި ޖެހިގެން ގިނަ މީހުނަށް ހައްޖަށް ދެވެނީ ދެތިން އަހަރު ފަހުންނެވެ.
ހައްޖަށް ގިނަ މީހުން ގެންދިއުމަށް އެކަމުގެ މަޝްވަރާތައް ސަރުކާރުން ވަނީ ސައުދީއާއިއެކުގައިކޮށްފައެވެ.
އެގޮތުން ވެރިކަމާއި ހަވާލުވެވަޑައިގެނ ްރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު، ޕްރިންސް ފައިސަލް ބިން ފަރްހާދު އަލް-ސައުދު އާ ކުރެއްވި ބައްދަލުވުމެއްގައި ވަނީ ކޮންމެ އަހަރަކު ވެސް ރާއްޖެއިން ހައްޖަށްދާ މީހުންގެ އަދަދު ނުވަތަ ހައްޖު ކޯޓާ އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
މިދިޔަ އަހަރު ރާއްޖެއިން ހައްޖުވެރިންގެ ގޮތުގައި 1،150 މީހަކު ސައުދީއަށް ދިޔައެވެ.

