އަންނަ މަހު ހައިކޯޓު ރިސެސް އަށް

އަންނަ މަހު ހައިކޯޓު ރިސެސް އަށް

މި ފެށޭ ޑިސެމްބަރު މަހު ހައިކޯޓު ރިސެސްއަށް ދާން ނިންމާފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.

އެކޯޓުން ބުނީ، ހައިކޯޓުގެ ޤަވައިދުގެ 4 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން 2024 ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓު ރިސެސްއަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ރިސެސް މުއްދަތުގެ ތެރޭގައި ބައެއް ބާވަތްތަކުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ފަނޑިޔާރުންގެ އާންމު މަޖިލީހުން ނިންމަވާފައިވާ ކަމަށް ވެސް ހައިކޯޓުން ވަނީ ބުނެފައެވެ.

އެގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ B12 ސެކްޝަނުން ބަލާ މައްސަލަތަކާއި މޮނިކޮން އަމުރުތަކާއި އަވަސް ތަބީއަތުގެ އަމުރުތަކާއި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރުތަކާއި އިޖރާއީ އިއުތިރާޟާ ގުޅޭ ނިންމުންތަކުގެ ތެރެއިން މުއްދަތު ހަމަވާ މަައްސަތަކާއި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތައް ކަމަށް ވަނީ ބުނެފައެވެ.

ޑިސެމްބަރު މަހު ހައިކޯޓު ރިސެސްއަށް ދިއުމަށް ނިންމާފައިވާއިރު، އެމަހުގެ 30 އާއި ހަމައަށް ފެމިލީ ކޯޓުން ވެސް ވަނީ އެ ކޯޓު ރިސެސްއަށް ދާނެކަން އިއުލާނު ކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *