އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ފަށައިފި

އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ފަށައިފި

އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، އަށް ބުރީގެ އިމާރާތެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ ހަވާލުކޮށް، އެ މަޝްރޫއުގެ މަސައްކަތް މިއަދު ހަވީރު ފަށައިފިއެވެ.

ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތައުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސް، ޑރ. މުއިއްޒުގެ 'ދިވެހީންގެރާއްޖެ' މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދުފުޅެކެވެ.

މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފަށަން ނިންމި މަޝްރޫއެއް ނަމަވެސް، ލަސްތަކެއް ދިމާވީ މާލޭގެ ތޮއްޖެހުން ބޮޑު ސަރަަހައްދަކަށް އެ ސްކޫލް ގާއިމްކޮށްފިނަމަ ތޮއްޖެހި ބޮޑު ތަކުލީފަކަށް ވެގެންދާނެތީ އެ ސްކޫލް ތަރަައްގީކުރަން އެހެން ބިމެއް ހަމަޖެއްސެވުމަށް ރައީސް ނިންމެވުމުންނެވެ.

އެ ސްކޫލް އަޅަން ކުރީ ސަރުކާރުން ބިމެއް ހަމަޖައްސާ އެތަން ސާފް ކުރުމުގެ މަސައްކަތްވެސް ފެށިއެވެ. އެއީ ކުރިގެ ބާޖަމާލުއްދީން ސްކޫލްް ހުރި ބިމެވެ.

ނަމަވެސް ފަހުން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ޖާގަ ތަނަވަސް ބިމެއް ކަމަށްވާ މާފަންނު ސްޓޭޑިއަމް ކައިރީގައި ހުންނަ 386 ކޮށި ބިމެވެ.

މީގެ ކުރިން އެ މަސައްކަތް ކުރުމަށް ހަވާލު ކުރި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް، އާރްސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 152،945،200.65ރ އަށް މި މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *