ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅުން ދޫކުރި އިތުރު ގޯއްޗާއެކު، ޖުމްލަ 689 ގޯތި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ސަރުކާރަށް އަހަރެއް ފުރުމުގެ މުނާސަބަތުގައި ގެދޮރުވެރިކަމާއި ބިމާ ބެހޭ ވުޒާރާއިން ނެރިފައިވާ ބުކްލެޓްގައި ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިހާތަނަށް 696 ބިން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ގުޅީފަޅުން ވަނީ 11 ފަރާތަކާއި ބިން ހަވާލުކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެ ވުޒާރާއިން ވިދާޅުވެފައިވަނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ދިނުމަށް ހުޅުވާލި ފުރުސަތުގެ ދަށިން 9،032 ގޯތި ދިނުމަށް ކަނޑައެޅުނު ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ބިން ހަވާލުކުރުމުގެ މަސައްކަތް ކަމަށާއި އެގްރީމެންޓްގައި ސޮއިކޮށްފައިނުވާ ފަރާތްތައް ސޮއިކުރުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
އެގޮތުން ހުޅުމާލެ ފޭސް ދޭކުން މިހާތަނަށް 696 ބިން ހަވާލުކޮށްފައިވާ ކަމަށާއި އަދި ގުޅީފަޅުން 11 ފަރާތަކާއި ބިން ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ހުޅުމާލެ ދެވެނަ ފިޔަވަހިން 1،367 ފަރާތަށް އެގްރީމަންޓް އާއި ރަޖިސްޓްރީ ހަވާލުކޮށްފައި ވާނެ ކަމަށެވެ. އަދި ގުޅީފަޅުން 2،291 ފަރާތަކަށް ރަޖިސްތްރީ ހަވާލުކޮށްފައިވާނެ ކަމަށާއި ގިރާވަރު ފަޅުން 4،660 ފަރާތަށް ރަޖިސްޓްރީ ހަވާލުކޮށްފައިވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އަދި ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބޭ ކަމުގެ ލިޔުން 24 ފަރާތަކަށް ހަވާލުކޮށްފައިވާނެ ކަމަށާއި ގުޅީފަޅުން 14 ފަރާތަކަށް އަދި ގިރާވަރުފަޅުން 149 ފަރާތަށް ލިޔުން ހަވާލުކޮށްފައިވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެފައި ވެެއެވެ.

