ދައުލަތުގެ ވެރިންނަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭ ގޮތް ހަދައިފި

ދައުލަތުގެ ވެރިންނަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭ ގޮތް ހަދައިފި

ޑިޕްލޮމެޓިކް ޕާސްޕޯޓާއި އޮފިޝަލް ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭނެ ގޮތް ހަދައިފިއެވެ.

ރާއްޖޭގެ ޑިޕްލޮމެޓިކް ޕާސްޕޯޓާއި އޮފިޝަލް ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް ދަތުރުކޮށް، 90 ދުވަހަށް އެ ގައުމުގައި ތިބެވޭ ގޮތަށް އެ ގައުމާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރިކަން ހާމަކުރީ އިއްޔެ އެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ފޮރިން މިނިސްޓަރު ހަލީލް ސޮއި ކުރެއްވިއިރު އަޒަރުބައިޖާންގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު ޖޭހުން ބައިރަމޯވްއެވެ.

މި އެއްބަސްވުމުގެ ދަށުން ހުރިހާ ދިވެހިންނަށް ވެސް ވިސާއާ ނުލައި އެ ގައުމަށް ދަތުރު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަން މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ސޮއި ކުރެވުނު އެއްބަސްވުމަކީ އެ މަގަށް މަސައްކަތް ކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ވިސާއާއި ގުޅޭ އެއްބަސްވުމެއްގެ އިތުރުން ދެސަރުކާރުގެ ފަރާތުން ވަނީ ދެ ގައުމަށް ފައިދާވާނެ ގޮތަށް ޓޫރިޒަމް ކުރިއެރުވުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އިގްތިސާދީ ގޮތުންނާއި ސަގާފީ އަދި އިޖްތިމާއީ ގޮތުން ދެ ގައުމަށް ވެސް ފައިދާވާނޭ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުމަށް އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައި އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *