ޕީއެންސީގެ މެމްބަރުގެ އަދަދު 80000 އަށްވުރެ މައްޗަށް އަރައިފި – ފަލާހް

ޕީއެންސީގެ މެމްބަރުގެ އަދަދު 80000 އަށްވުރެ މައްޗަށް އަރައިފި – ފަލާހް

ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންގެ އަދަދު 80،000 އިން މައްޗަށް ޖެހިފައިވާކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ޕީއެންސީއާ ގުޅުނު މެމްބަރުންތަކެއް ފޯމުތަލާއި ހަވާލުވުމަށްފަހު ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވީ ރައީސް ޑރ. މުއިއްޒު ކަނޑައައެޅުއްވި އަދަދަށް ޕީއެންސީއަށް މެމްބަރުން ހަމަވެއްޖެކަަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ސަރުކާރަށް އަހަރެއް ވުމުގެ ކުރިން އެޕާޓީގެ މެމްބަރުންގެ އަދަދު 75،000 ހަމަކުރުމަށް އެކަމުގެ މަސައްކަތް އެޕާޓީން ފެށީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައެވެ.

ފަލާހް ވިދާޅުވީ މިހާތަނަށް މިހާތަނަށް 82،000 މެމްބަރުން ޕީއެންސީއާ ގުޅިއްޖެކަމަށެވެ. މިހާ ކުރި މުއްދަތެއްގެ ތެރޭގައި އެ އަދަދަށް މެމްބަރުން ޕާޓިއާ ގުޅުމުން އެ އަދަދު އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު އަދި ފެންނަން ނޯވެދާނެކަމަށް ފަލާހް ވިދާޅުވިއެވެ. ސަބަބެއްކަމަށް ވިދާޅުވީ ފޯމުތައް އެ ފޯމުތައް ޕްރޮސެސްކުރަން އިސީން ވަގުތު ނަގާނެތީ ކަމަށެވެ.

މި ވެރިކަން ފެށުމުގެ ކުރިން ޕީއެންސީގެ މެމްބަރުންގެ އަދަދު އެހާ ގިނަ ނޫންނަމަވެސް ވެރިކަމަށް އައިތާ މާ ގިނަދުވަސްތަކެއް ނުވެ މެމްބަރުންގެ 28،704 އަރާ އެންމެ މެމްބަރުން ގިނަ ތިންވަނަ ޕާޓީއަށް ޕީއެންސީވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީއެއްގެ ގޮތުގައި އޮތީ އިދިކޮޅު އެމްޑީޕީއެވެ. އެޕާޓީގެ މެމްބަރުންގެ އަދަދަކީ 50،851 އެވެ. ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕީޕީއެމްގައި ތިބީ 34،698 މެމްބަރުނެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *