ގޯތިތެރޭ ވަޅުލާފައި ހުރި ޑްރަގް ހޯދައި ގާދިއްފުށިން މީހަކު ހައްޔަރުކޮށްފި

ގޯތިތެރޭ ވަޅުލާފައި ހުރި ޑްރަގް ހޯދައި ގާދިއްފުށިން މީހަކު ހައްޔަރުކޮށްފި

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތ. ގާދިއްފުށިގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ނޮވެމްބަރު 13 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު ނަމްބަރު ދރ 1344، ޙުސައިން ސަޙާފް (20އ) އެވެ.

ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި ގާދިއްފުށި ޕޮލިސް ޕޯސްޓު އަދި އިންޓެލިޖެންސް ގުޅިގެން ކޯޓު އަމުރުގެ ދަށުން ހިންގި މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ގާދިއްފުށީގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 32 ކަރުދާސްކޮޅު އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވެއެވެ. އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ތިން ދަޅު އެގޭ ގޯތިތެރޭގައި ވަޅުލާފައި ހުއްޓައި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *