ގަވާއިދާ ހިލާފު 5000 ބިދޭސީން ފުރުވާލައިފި

ގަވާއިދާ ހިލާފު 5000 ބިދޭސީން ފުރުވާލައިފި

ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުން އައި 5000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ފުރުވާލައިފި އެވެ.

މިކަން އިއުލާންކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. ހޯމް މިނިސްޓްރީން ހިންގަމުންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާރު 138 ރަށެއްގައި ބިދޭސީންގެ މައުލޫމާތު ނަގަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިހާތަނަށް 10،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ޑޭޓާ ނެގިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން 48 ގަޑިއިރުގެ ތެރޭގައި ފުރުވާލުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި، ކުދި ވިޔަފާރިތަކަށް ހުރަސްއެޅޭ ގޮތަށް ބިދޭސީން ކުރަމުންދިޔަ ވިޔަފާރިތައް ހުއްޓުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މި މައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

  • ގަވާއިދާ ހިލާފު 5000 ބިދޭސީން ފުރުވާލައިފި
  • 138 ރަށެއްގައި ކުރަނގި އޮޕަރޭޝަން ކުރިއަށްދޭ
  • 10،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ޑޭޓާ ނެގި
  • ގަވާއިދާ ހިލާފު ބިދޭސީން 48 ގަޑިއިރު ތެރޭ ފުރުވާލި
  • ތިން އަހަރު ތެރޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ނިންމާފަ
ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *