ވޭޕް މަނާކުރާ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ވޭޕް މަނާކުރާ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ރާއްޖޭގައި ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އައިފާނެވެ. އައިފާން ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ 54 މެމްބަރުންގެ ވޯޓަކުންނެވެ.

އެ ބިލުގައި އައިފާން ފާހަގަކުރެއްވީ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެހި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާކުރުމަށެވެ.

އެބިލުގައިވާ ގޮތުންނަމަ، މާދަމާއިން ފެށިގެން ރާއްޖެއަށް ވޭޕް އާއި ވޭޕް ކުރުމަށް ބޭނުންވާ ތަކެތި އެތެރެ ކުރުން މަނާވާއިރު، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕް ވިއްކުމާއި ބޭނުން ކުރުން ވެސް މަނާވާނެއެވެ.

ބިލުގައިވާ ގޮތުންނަމަ ވޭޕް ބޭނުން ކުރުމާއި އެތެރެ ކުރުން މަނާ ކުރުމަށްފަހު، އެފަދަ ކަމެއް ކޮށްފިނަމަ، ޖޫރިމަނާ ކުރެވޭނެއެވެ.

އެގޮތުން:

1- ވޭޕާއި ވޭޕް ކުރަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކޮށްފިނަމަ، އެތެރެ ކުރި މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ

2- އެތެރެ ކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާ

3- ރާއްޖޭގައި ވޭޕް ވިއްކާ ކޮންމެ މީހަކަށް 20،000 ރުފިޔާގެ ޖޫރިމަނާއެއް، އަދި ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ

4- ހިލޭ މީހަކަށް ވޭޕެއް ދީފިނަމަ 10،000 ރުފިޔާގެ ޖޫރިމަނާއެއް

ވޭޕް ބޭނުން ކުރާ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް މި ބިލުގައި ވަނީ ބުނެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *