ރާއްޖޭގެ 29 ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާނު ކޮށްފިއެވެ.
ސީއެސްސީ އިން ބުނީ، އެ މަގާމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް، މިމަހުގެ 20 އާއި ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެސްޖީން ހޯދަން އިއުލާނު ކޮށްފައިވާ ކައުންސިލްތަކުގެ ތެރޭގައި ހިމެނެނީ ވަށަފަރު ކައުންސިލް އިދާރާ/ހއ. ވަށަފަރު، ކެލާ ކައުންސިލް އިދާރާ/ހއ. ކެލާ، މުރައިދޫ ކައުންސިލް އިދާރާ/ހއ. މުރައިދޫ، ހިރިމަރަދޫ ކައުންސިލް އިދާރާ/ހދ. ހިރިމަރަދޫ، ފޭދޫ ކައުންސިލް އިދާރާ/ށ. ފޭދޫ، މަރޮށީ ކައުންސިލް އިދާރާ/ށ. މަރޮށި، ފީވަކު ކައުންސިލް އިދާރާ/ށ. ފީވަށް، ވާދޫ ކައުންސިލް އިދާރާ/ރ. ވާދޫ، ރަސްމާދޫ ކައުންސިލް އިދާރާ/ރ. ރަސްމާދޫ، މަޑުއްވަރީ ކައުންސިލް އިދާރާ/ރ. މަޑުއްވަރީ، އިންނަމާދޫ ކައުންސިލް އިދާރާ/ރ. އިންނަމާދޫ، ފެހެންދޫ ކައުންސިލްގެ އިދާރާ/ބ. ފެހެންދޫ، ހިތާދޫ ކައުންސިލް އިދާރާ/ ބ. ހިތާދޫ އަދި ތުލުސްދޫ ކައުންސިލް އިދާރާ/ ކ. ތުލުސްދޫއެވެ.
މީގެ އިތުރުން ދެން ހިމެނެނީ ތޮއްޑޫ ކައުންސިލް އިދާރާ/އއ. ތޮއްޑޫ، ދިއްދޫ ކައުންސިލް/އދ. ދިއްދޫ، މަހިބަދޫ ކައުންސިލް އިދާރާ/އދ. މަހިބަދޫ، ހަންޏާމީދޫ ކައުންސިލް އިދާރާ/ އދ. ހަންޏާމީދޫ، ރަކީދޫ ކައުންސިލްގެ އިދާރާ/ވ. ރަކީދޫ ދަރަނބޫދޫ ކައުންސިލް އިދާރާ/ފ. ދަރަނބޫދޫ، ރިނބުދޫ ކައުންސިލް އިދާރާ/ދ. ރިނބުދޫ، ކުޑަހުވަދޫ ކައުންސިލް އިދާރާ/ދ. ކުޑަހުވަދޫ، މާއެނބޫދޫ ކައުންސިލް އިދާރާ/ދ. މާއެނބޫދޫ، ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލް އިދާރާ/ތ. ގާދިއްފުށީ، ތިމަރަފުށީ ކައުންސިލް އިދާރާ/ ތ. ތިމަރަފުށި، ދަނބިދޫ ކައުންސިލް އިދާރާ/ ލ. ދަނބިދޫ، ކޮލަމާފުށީ ކައުންސިލް އިދާރާ/ގއ. ކޮލަމާފުށީގެ އިތުރުން ދެއްވަދޫ ކައުންސިލް އިދާރާ/ގއ. ދެއްވަދޫއެވެ.
އެކޮމިޝަނުން ބުނި ގޮތުގައި އެސްޖީން ހޯދަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
29 ކައުންސިލަކަށް އެސްޖީން ހޯދަން އިއުލާނު ކޮށްފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް އެ އަދަދަށް އެސްޖީން ހޯދަން ވަނީ އިއުލާނު ކޮށްފައެވެ.

