މުދަލު ޒަކާތުގެ ނިސާބަކީ 9،240.35 ރުފިޔާ ކަމަށް ކަނޑައަޅައިފި

މުދަލު ޒަކާތުގެ ނިސާބަކީ 9،240.35 ރުފިޔާ ކަމަށް ކަނޑައަޅައިފި

މުދަލު ޒަކާތުގެ ނިސާބަކީ ދިވެހި ފައިސާއިން ދައްކާ ނަމަ 9،240.35ރ. ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ކަނޑައަޅައިފިއެވެ.

ޒަކާތު ހައުސް އިން ވިދާޅުވީ، މިއަދުން ފެށިގެން މުދަލުގެ ޒަކާތުގެ ނިސާބަކީ 9،240.35ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ނިސާބު ހަމަވާ ކޮންމެ މުދަލަކުން ޒަކާތް ނެރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކަމެއް ކަމުގައި ޒަކާތް ހައުސް އިން ވިދާޅުވިއެވެ.

މީގެ ކުރިން މެއި 22ގައި މުދަލު ޒަކާތުގެ ނިސާބް ހުރީ 9353.40ރ. ގައެވެ. އެހެންކަމުން މިހާރު މުދަލު ޒަކާތުގެ ނިސާބް ވަނީ ކުރިން ހުރި މިންވަރަށް ވުރެ ދަށް ވެފައެވެ.

އާންމުކޮށް މުދަލުގެ ނިސާބަށް ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުންނެވެ. އަދި ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިންނެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބު ގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަފައިސާ ހަމަވެފައި ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ އަ0ދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިން ސައްތައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *