ކުނި މެނޭޖްކުރުމާ ގުޅޭ ތަމްރީނަކަށް 14 މީހަކު އިންޑިއާ އަށް

ކުނި މެނޭޖްކުރުމާ ގުޅޭ ތަމްރީނަކަށް 14 މީހަކު އިންޑިއާ އަށް

ކުނި މެނޭޖްކުރުމާ ގުޅޭ ތަމްރީނަކަށް 14 މީހަކު އިންޑިއާގެ ނިއު ދިއްލީ އަށް ގޮސްފިއެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވީ، އިއްޔެ ފެށި ތަމްރީނު ޕްރޮގްރާމަކީ އެމްސީއީޕީ މަޝްރޫޢުގެ ދަށުން ރާއްޖޭގެ 2، 4 އަދި 5 ވަނަ ޒޯނުގެ އެކި ރަށްރަށުން 14 މީހަކު ބައިވެރިވެގެން ކުރިއަށްދާ ޕްރޮގްރާމެއް ކަމަށެވެ. އެ މީހުންގެ ތަމްރީނު ކުރިއަށް ދަނީ ނިއު ދިއްލީގެ ޓެރީ ސްކޫލް އޮފް އެޑްވާންސްޑް ސްޓަޑީޒްގައެވެ.

އެގޮތުން "ވޭސްޓް މެނޭޖްމަންޓް ސިސްޓަމްސް: އޮޕަރޭޝަން އެންޑް މެއިންޓަނަންސް" ކުރިއަށް ދާނީ އަންނަ ބުރާސްފައްޗާ ހަމައަށެވެ.

ތަމްރީނަށް ފުރާވަޑައިގަތުމުގެ ކުރިން ޑެޕިއުޓީ މިނިސްޓަރާއި ޑިރެކްޓަރ ޖެނެރަލް ގެ އިތުރުން މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިންނާ ބައްދަލުކުރައްވައި، އުނގެނުމުގެ މި އަގުހުރި ފުރުޞަތު އެންމެ ފުރިހަމަގޮތުގައި ހޯއްދެވުމަށް ހިތްވަރު ދެއްވާފައެވެ.

އައިސީޑަބްލިއުއެމްއާރު، ޓެރީ ސްކޫލް އޮފް އެޑްވާންސްޑް ސްޓަޑީޒްގައި 4 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ސަބަބުން ބައިވެރިންގެ ކުނި މެނޭޖްކުރުމުގެ ތަޖުރިބާ އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށީގެ އާދަތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *