6 ސެލޫނަކުން 5 ބިދޭސީއަކު އަތުލައިގެންފި

6 ސެލޫނަކުން 5 ބިދޭސީއަކު އަތުލައިގެންފި

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ރޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ބަލައި ފާސްކުރުމަށް ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން މިިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ސެލޫން ހިންގަމުންދިޔަ 6 ތަނެއް ބަލައި ފާސްކޮށް ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ ފަސް މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ސައްހަ ވިސާއެއް ނެތި އުޅެމުންދާ މައްސަލައާ ގުޅިގެންނެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި، އެމީހުންނާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް 4،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްލާފައެވެ.

އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 17ވަނަ ދުވަހާއި ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4،054 ބިދޭސީން ވަނީ އަނބުރާ އެ މީހެއްގެ ގައުމަށް ފޮނުވާލާފައެވެ. މިގޮތުން އެންމެ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *