ކޮޕް29 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސްް އަޒަރުބައިޖާނަށް

ކޮޕް29 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސްް އަޒަރުބައިޖާނަށް

ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް29) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަޒަރުބައިޖާންގެ ބާކޫއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ. ރައީސް އޮފީހުން ވިދާޅުވީ، މި ސަމިޓުގައި ރައީސް ރާއްޖޭގެ ފަރާތުން އިއްވަވާ ހާއްސަ ގައުމީ ބަޔާން އިއްވަވައި، މަތީ ފަންތީގެ އެކިއެކި އިވެންޓްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ބައެއް ގައުމުތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮޕް29 ބައްދަލުވުމަކީ ރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލުމަށް ފުރުސަތު ލިބޭ ވަރަށް މުހިންމު ބައްދަލުވުމެކެވެ.

ކޮޕް 29 ގައި ކްލައިމެޓް ފައިނޭންސްގެ އާ ލަނޑުދަނޑިތައް އެކަށައެޅުމާއި ކާބަން މާކެޓް އޮޕަރޭޝަނަލައިޒް ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރުމާއި އެއްބާރުލުން އިތުރުކުރުމާއި އެންޑީސީ ތަރައްގީ ކުރުމަށް ހުރި ހުރަސްތައް ނައްތާލުމާބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ. މީގެ އިތުރުން، މަތީ ފަންތީގެ އެކިއެކި މަޝްވަރާތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ކޮޕް29 ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް، އަޒަރުބައިޖާނަށް ރައީސް ފުރާވަޑައިގަތީ، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *