މިދިޔަ އަހަރު މިފްކޯއަށް އާމްދަނީގެ ގޮތުގައި 2 ބިލިއަން ރުފިޔާ

މިދިޔަ އަހަރު މިފްކޯއަށް އާމްދަނީގެ ގޮތުގައި 2 ބިލިއަން ރުފިޔާ

2023 ވަނަ އަހަރު މިފްކޯއަށް އާމްދަނީގެ ގޮތުގައި 2.09 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ.

މިފްކޯއިން އާންމުކުރި އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ބުނާގޮތުން މިދިޔަ އަހަރު މިފްކޯއަށް 2،009 މިލިޔަން ރުފިޔާ ލިބިފައިވާއިރު ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓްކޮށްގެން 1،731 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އެގޮތުން 62،352 މެޓްރިކް ޓަނުގެ މަސް އެ ކުންފުނިން ވަނީ އެކްސްޕޯތްކޮށްފައެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 297 މިލިޔަން ރުފިޔާގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު 55،989 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްގެން ކުންފުންޏަށް އެ އަހަރު ލިބިފައިވަނީ 1،434 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ.

މިފްކޯއިން ބުނީ މިދިޔަ އަހަރުގެ އާމްދަނީ އިތުރުވެފައިވަނީ މަސް އެކްސްޕޯޓް ކުރުމުގައި އަގު ބޮޑުކޮށް ވިިއްކާލެވުމުން ކަމަށެވެ. އެގޮތުން އެންމެ ބޮޑު އެކްސްޕޯޓެއް މިދިޔަ އަހަރު ކުރީ ވިއެޓްނާމް އާއި މޮރިޝަސް ފަދަ އާ މާކެޓުތަކަށް ކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން ވިއެޓްނާމަށް 62،352 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްގެން 2 ޕަސެންޓު އާމްދަނީ ލިބިފައިވާއިރު، މޮރިޝަސްއަށް 2،177 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްގެން 4 ޕަސެންޓުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ އެއް މާކެޓަކީ ތައިލެންޑުގެ މާކެޓެވެ. މިދިޔަ އަހަރު ތައިލެންޑަށް 59،142 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކުރިއިރު 84 ޕަސެންޓުގެ އިންކަމް މިފްކޯއަށް ލިބިފައިވެއެވެ.

މިދިޔަ އަހަރު ރާއްޖެއިން ބޭރަށް 227،910 ކޭސް މަސްދަޅު އެކްސްޕޯޓްކޮށްގެ ް149 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 5 މިލިޔަން ރުފިޔާގެ ކުރިއެރުމެކެވެ.

ހަމައެއާއެކު މަހުގެ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކޮށް 28 މިލިޔަން ރުފިޔާ ވަނީީ ލިބިފައެވެ. ލޯކަލް ވެލިއު އެޑެޑް ސާވިސްއަށް ބަލާލާއިރު 2022 ވަނަ އަހަރު 258 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މި އަދަދު މިދިޔަ އަހަރު ވަނީ 322 މިލިޔަނަށް އިތުރުވެފައެވެ. މަހުގެ ބާވަތްތަކާއި މަސްދަޅުތަކަށް ރާއްޖޭގެ މާކެޓުން މިފްކޯއަށް 287 މިލިޔަން ރުފިޔާ މިދިޔަ އަހހަރު ލިބިފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *