ވައުދު ފުއްދައި، 5 އިންސައްތައިގައި ދޫކުރާ ގެދޮރުވެރިކަމުގެ ލޯން ސްކީމް އިފްތިތާޙްކޮށްފި

ވައުދު ފުއްދައި، 5 އިންސައްތައިގައި ދޫކުރާ ގެދޮރުވެރިކަމުގެ ލޯން ސްކީމް އިފްތިތާޙްކޮށްފި

ފަސް އިންސައްތައިގެ ފައިދާގައި ދޫކުރާ ގެދޮރުވެރިކަމުގެ ލޯން ސްކީމް، "ހިޔާވަހި ފައިނޭންސް ސްކީމް" އިފްތިތާޙްކޮށްފިއެވެ.

މިއަދު އިސްލާމީ މަރުކަޒުގެ ޙޯލުގައި އޮތް ޚާއްސަ ޖަލްސާއެއްގައި އެ ސްކީމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ހިޔާވަހި ފައިނޭންސިން ސްކީމުގެ ދަށުން ދޫކުރާ ފަސް އިންތައިގައި ގެދޮރުވެރިކަމަށް ޚާއްސަ ލުއި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ފައިނޭންސިންގެ ދަށުން ޖުމްލަ ތިން ސްކީމެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން ފުރަތަމަ ސްކީމު ޚާއްސަކޮށްފައިވަނީ އަތޮޅު ތެރޭގެ ރަށްތަކަަށެވެ. އެ ސްކީމުގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް ހައުސިން ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ލޯނު ލިބޭނެ އިރު، މި ލޯނުގެ ދަށުން އެއްވެސް އިކުއިޓީއެއް ދައްކަން ނުޖެހޭނެއެވެ.

މީގެ އިތުރުން، ދެވަނަ ސްކީމު ކަނޑައަޅާފައިވަނީ އާބަން ސެންޓަރުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ރަށްތަކަށް ވާއިރު، އެ ސްކީމުގެ ދަށުން ތިން މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ލިބޭނެއެވެ. އަދި ތިން ވަނަ ސްކީމުގެ ދަށުން މާލެ އަށް ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، އެ ސްކީމުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށް ވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ފަރާތްތަކަށް، އިތުރުކުރާ ކޮންމެ ބިމަކަށް އެއް މިލިއަން ރުފިޔާ ލޯނަށް އިތުރުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އާބަން ސެންޓަރުތަކާއި މާލެއަށް ޚާއްސަކޮށްދޭ ލޯނުތައް ދޫކުރާނީ ބީއެމްއެލް އަދި އިސްލާމިކް ބޭންކުންނެވެ.

ހިޔާވަހި ފައިނޭންސިން ސްކީމުގެ ދަށުން ދޫކުރާ ހުރިހާ ލޯނެއް ވެސް ދޫކުރާނީ ހައުސިން މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *