މާލޭގައި 67 ސިނގެރޭޓް ކާޓޫނު ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އިއްޔެ 5:40 ހާއިރު ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު އޮލިމްޕަސް ކައިރިން ދިޔަ މީހަކާމެދު ތުހުމަތު ކުރެވިގެން އޭނާ ގެންގުޅުނު ދަބަސް ތަކާއި ކޮތަޅުތަކެއް ބަލައިފާސްކުރިއިރު 67 ކާޓޫން ސިންގަރޭޓް ފެނިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ސިނގެރޭޓް ކާޓޫންތަކަކީ އޯޝަން ނޮޓިކަލް ޕްރައިވެޓް ލިމިޓެޑްއިން އޭނާ ވަގަށް ނަގާފައިވާ ތަކެތިކަން މިހާތަނަށް ބެލިބެލުމަށް އެނގިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސ. ފޭދޫ، ހިރުދުމާގެ، އަހުމަދު ލޫޖެއިން (24އ) ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުވުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

