މަޖިލިސް -

ވައުދުތައް ފުުއްދުމަށްޓަކައި ޤާނޫނުތަައް ބަދަލުކުރުމަށް 40 ބިލެއް ހުށަހެޅި – ސަރުކާރު

ވައުދުތައް ފުުއްދުމަށްޓަކައި ޤާނޫނުތަައް ބަދަލުކުރުމަށް 40 ބިލެއް ހުށަހެޅި – ސަރުކާރު

މި ސަރުކާރުގެ މައިގަނޑު ވައުދުތައް ފުއްދުމަށްޓަކައި މިވަގުތަށް ބޭނުންވާ 40 ވަރަކަށް ބިލް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި ވޭތުވެ ދިޔަ ދުވަސްތަކުގައި 40 ވަރަކަށް ބިލް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

"ސަރުކާރުގެ މައިގަނޑު ވައުދުތައް ފުއްދުމަށްޓަކައި މިވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތަކުގެ ބޭރުން ގާތްގަނޑަކަށް 40 އެއްހާ ބިލް އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް މިހާރު ވާނީ ހުށަހަޅާފައި." އުޝާމް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ އިޤްތިސާދީ އެޖެންޑާ އާ ގުޅުންހުރި އަދި މިވަގުތަށް ހުށަހަޅަން ބޭނުންވާ ހުރިހާ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާނޭ ކަމަށް އުޝާމް ވިދާޅުވިއެވެ. މައިގަނޑުގޮތެއްގައި ޓޫރިޒަމާއި ބެހޭ ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާހާއި، އެއާޕޯޓް ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާހުގެ އިތުރުން އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެންނަން ބޭނުންވި އިސްލާހުތައް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

އެހެންކަމުން މިޤާނޫނުތަކަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހުގެ މިދައުރުތެރޭ ނިންމާލެވޭނެ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކާއި ބިންތައް ދޫކުރާ މުއްދަތު އިތުރުކުރާނަމަ ފީއެއް ނަގާގޮތަށް ޓޫރިޒަމާއި ބެހޭ ޤާނޫނަށް 13 އިސްލާހެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން

ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ދޫކޮށްފައިވާ ރަށެއްގެ ނުވަތަ ބިމެއްގެ މުއްދަތު އިތުރުކޮށް ދެވޭނީ 50 އަހަރަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިންނެވެ. އަދި އެއަށް ވުރެ މުއްދަތު އިތުރު ކުރެވޭނީ 6 މަސްދުވަސް ތެރޭގައި ފައިސާ ދައްކައި ނިންމަން އެއްބަސްވާ ނަމަ، މުއްދަތު އިތުރު ކުރާ ކޮންމެ އަހަރަކަށް 100،000 ޑޮލަރު ދައްކަން ޖެހެއެވެ. އަދި އިތުރުކުރާ ކޮންމެ އަހަރަކަށް 200،000 އެމެރިކާ ޑޮލަރު ދެއްކަން ވަނީ ހުށަހަޅާފައެވެ. އަދި ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި މުއްދަތު އިތުރު ކުރުމުގެ ފީއެއްގެ ގޮތުގައި 5،000،000 ޑޮލަރު އެކީ އެއްފަހަރާ ދެއްކުމަށް އޮތް މާއްދާއަށް ވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެގޮތުން ހަ މަސް ތެރޭގައި ފަސް މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދެއްކުމަށާއި އޭގެ ފަހުން ދައްކާނަމަ މުއްދަތު އިތުރު ކުރުމުގެ ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު އެއްފަހަރާ ދައްކަން ވަނީ އިސްލާހު ހުށަހަޅާފައެވެ.

ހަމައެއާއެކު ރާއްޖޭގެ އެއާޕޯޓަކުން ބޭރު ގައުމަކަށް ފުރާ ކޮންމެ މީހުންގެ އަތުން ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީއިން މިއަދު ވަނީ ފާސްކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *