އަސްލާ ހިލާފު ލިޔުމެއް ތައްޔާރުކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބ. ތުޅާދޫ، އަނޯނާގެ، ނާޝިޠު އިބްރާހީމް (23އ) އެވެ.
އޭނާ ހޯދަމުންދަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، އަސްލާ ހިލާފު ލިޔުމެއް ތައްޔާރުކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ އޭނާ ތަހުގީގަށް ހާޒިރުކުރަނީ ސުވާލުކުރުމަށް ކަމަށެވެ.
ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް، މި ފެށޭ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ފުލުހުން އޭނާއަށް އަންގާފައިވެއެވެ.

