މަޖިލީހުގެ ރައީސްވެސް މުސާރައިގެ %50 ނަންގަވަން ނިންމަވައިފި

މަޖިލީހުގެ ރައީސްވެސް މުސާރައިގެ %50 ނަންގަވަން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ރަހީމް އަބްދުﷲ މުސާރައިގެ %50 ނުނަންގަވާ ގޮތަށް ނިންމަވައިފިއެވެ.

އަބްދުއް ރަހީމް ވިދާޅުވީ، ދިވެހި ދައުލަތުގެ އިގްސާދީ ހާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސް ޑރ.މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %10 ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމަނިކުފާނުގެ މުސާރައިން %50 ނުނަންގަވާ ގޮތަށް ނިންމާވާފައިވާ ކަމަށެވެ.

ރައީސްވެސް މިރޭ ވަނީ ‏އެމަނިކުފާނުގެ މުސާރައިގެ %50 ނުނަގްނަވާ ގޮތަށް ހަމަޖައްސަން ދަންނަވާނެ ކަން ހާމަ ކުރައްވާފައެވެ.

ރައީސް މުއިއްޒު މިރޭ ވިދާޅުވީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން ރައީސް ވަނީ މުސާރައާއި ގުޅޭ ގޮތުން ގިނަ ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމަވާފައެވެ.

1. ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން.

‏2.ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)

‏3.މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

‏4.ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.

‏"މަތީގައިވާ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރުން،". ރައީސް ވިދާޅުވިއެެވެ

ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ރައީސް މިހާރުވެސް މާލީ ދާއިރާގެ ތެރެއިން އިސްލާހީ ބޮޑެތި ބަދަލުތަކެއް އިއުލާންކުރައްވަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *