ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމް ރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
މަޖިލީހުން ބުނީ މި އަހަރުގެ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް، މަޖިލީހުގެ ނައިބު ރައީސް ނާޒިމް ޗައިނާއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
މި ދަތުފުޅުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމު އިތުރު ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި މި ދަތުރުފުޅުގައި އިތުރު މަޖިލީސް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ފޯރަމަކީ ޗައިނާގެ ކިންގޑައޯ ސިޓީގައި މި މަހުގެ 24 އަދި 25 ވަނަ ދުވަހު ކުރިއަށްގެންދާ ފޯރަމެކެވެ.
މި އަހަރުގެ ފޯރަމްގެ ތީމަކީ "ލެޓްސް ސީ" އަވަރ ފިއުޗަރސް – ޕްރޮމޯޓިންގ ބްލޫ ޕާޓްނަރޝިޕްސް ފޮރ ގްރޯތް އެންޑް ސަސްޓެއިނަބިލިޓީ"އެވެ. ކޮންމެ އަހަރަކު ބާއްވާ މި ފޯރަމަކީ ޝަންޑޮންގް ޕްރޮވިންޝަލް ޕީޕަލްސް ސަރުކާރާއި މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސް ގުޅިގެން ބާއްވާ ފޯރަމެކެވެ.

